17 Jun 2013, 16:07
ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސަސްޕެންޑް ކޮށްފައިވާތީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ދެކޮޅަށް އޭނާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބާތިލް ކޮށްފި އެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އިސް ފަނޑިޔާރު ހުށަހެޅުއްވި މައްސަލަ ބާތިލް ކޮށްފައި ވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ބާއްވަން ތާވަލްކޮށްފައި އޮތް ގަޑިއަށް، ދައުވާކުރާ ފަރާތުން މަގުބޫލު އުޒުރެއް ނެތި ހާޒިރުވެފައި ނުވާތީ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޝަރީފްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދަށް ގުޅާލުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ޖޭއެސްސީން ބުނެފައި ވަނީ މުއްދަތެއް ނެތްގޮތަށް ޝަރީފް ސަސްޕެންޑްކޮށްފައި ވަނީ ހައިކޯޓުގެ ހަތް ފަނޑިޔާރަކު އޭނާއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކަމަށެވެ.