02 Nov 2010, 04:02
މިއަދުގެ ޖަލްސާ ނިންމާލާފައި ވަނީ ޖަލްސާ ފެއްޓިތާ ހަ މިނިޓްގެ ތެރޭގަ އެވެ. ރިއާސަތުން ވިދާޅުވީ ދެން ޖަލްސާއެއް އޮންނާނީ މި މަހު 8 ވާ ހޯމަ ދުވަހު ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެ ޕާޓީގެ ޕޮޒިޝަނަކީ އިއްޔެގެ ވެސް ޕޮޒިޝަން ކަމަށާއި ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލައިފައި ކަމަށެވެ.
ރިއާސަތުން ވިދާޅުވީ ދެ ޕާޓީގެ ހިޔާލުވެސް ހުރީ އެބަޔަކު ބޭނުން ނޫން ގޮތަކަށް ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުނިދުނުމަށް ކަމަށެވެ. އެހެން ކަމާއެކު ނާޒިމު ވިދާޅުވީ ޖަލްސާތައް ކުރިއަށް ގެންދެވޭނީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކަމަށެވެ.
ރިއާސަތުން ނާއިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވީ ސިޔާސީ ޕާޓީތަކާ އެކު ފަށާފައިވާ ވާހަކަތަކަށް ޖާގަ ދިނުމުގެ ގޮތުން މިއަދުގެ ޖަލްސާ "މިހާހިސާބުން ނިމުނީ" ކަމަށެވެ.
މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.