"އައިޓީވީ" ނަމުގައި ޓީވީ ޗެނަލްއެއް ހެދުމަށް ލައިސަންސް ދޫކޮށްފައިވާ "އިންޓޯން މީޑިޔާ ޕްރައިވެޓް ލިމިޓެޑް" ކުންފުނި ޝެއިހް އިބްރާހިމް ފަރީދު ބައްލަވައިގެންފި އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޝެއިހް ފަރީދު މިއަދު ވިދާޅުވީ އައިޓިވީ ހިންގަން ލައިސަންސް ދޫކޮށްފައިވާ ކުންފުނި އޭނާ ބައްލަވައިގަނެ ޓީވީ ޗެނަލްގެ ޕޮރްގްރާމްތައް ދެއްކުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.

"އެ ކުންފުނި ގަނެގެން ޓީވީ ޗެނަލްގެ ޕްރޮގްރާމްތައް ވަރަށް އަވަހަށް ފެށޭތޯ މިހާރު މަސައްކަތް ކުރަމުންމިދަނީ،" ފަރީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޓީވީން ދައްކާނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދިރިއުޅުން ބިނާކުރާނެ ގޮތުގެ އެކި ޕްގޮގުރާމްތަކާއި ދީނީ ޕޮރްގްރާމްތައް ކަމަށެވެ.

ނަމަވެސް ކުންފުނި ގަނެފައި ވަނީ ކިހާ ވަރަކަށް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ޝައިހް ފަރީދު އިސްކޮން ހުންނަވައިގެން އުފައްދާފައިވާ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ފައިސާތަކަށް ފަރީދު ހިޔާނަތްތެރިވެފައިވާ ކަމަށް ބުނެ އެ ޖަމިއްޔާގެ ރައީސް އިބްރާހިމް ފައުޒީ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ފަރީދު ވަނީ އޭނާ މައްޗަށް އަބުރުގެ ދައުވާއެއް ކޯޓަށް ހުށަހަޅުއްވައިފަ އެވެ.