16 Jun 2013, 10:43
ރާއްޖެ އަށް އެތެރެކުރި ޝިޕްމެންޓެއްގެ ތެރެއިން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކާބޯތަކެތީގެ ތެރެއިން ގިނަ ބާވަތްތަކެއް ކަސްޓަމްސް އިން ނައްތާލައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ނައްތާލައިފައި ވަނީ 191 ޓޮމާޓޯ އާއި 149 ގަނޑު ދޮންކޭލާއި 116 ބަސްތާ އަލުވީގެ އިތުރުން 16 ބަސްތާ ފިޔާ ކަމަށެވެ. އަދި އެތަކެތި ނައްތާލާފައި ވަނީ "އިންސާނުން ބޭނުންކުރަން އެކަށީގެންނުވާ ވަރަށް ހަލާކުވެފައިވާ" ކަމަށް ޕޯޓް ހެލްތުން އިރުޝާދުދެއްވުމާ ގުޅިގެން ތިލަފުށި ކޯޕަރޭޝަންގެ ބެލުމުގެދަށުން ކ. ތިލަފުށީ ކުނިކޮށި ސަރަހައްދުގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެތެރެކުރި ޝިޕްމެންޓެއްގެ ތެރެއިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ގިނަ ތަކެތި ކަސްޓަމްސް އިން ނައްތާލާފައިވާ އިރު އެސާވިސްއިން ދަނީ ދޭތެރެދޭތެރެއިން އެފަދަ ސާމާނުތައް ނައްތާލަމުންނެވެ. އަދި އެއީ ކަސްޓަމްގެ ގާނޫނުން އެސާވިސް އަށް ލާޒިމް ކުރާ ކަމެކެވެ.