15 Jun 2013, 23:58
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި މިރޭ ދިވެހި ސިފައިންގެ ކުލަބް އަތުން ޓީރެކްސް ބާސްކެޓް ބޯލް ކްލަބް މޮޅުވެފައިވާ އިރު ހަރިކޭން ބާސްކެޓް ބޯލް ކުލަބް ވަނީ، މިއަދު ހަވީރު ކުލަބް އީގަލްސް އަތުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.
މިރޭގެ މެޗުގައި ސިފައިން އަތުން ޓީރެކްސް މޮޅުވީ 86 ޕޮއިންޓް 63 ޕޮއިންޓުގެ ނަތީޖާ އަކުންނެވެ. މެޗުގައި ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 22 ޕޮއިންޓު ހޯދައިދިން އެކަސޮމީ ކްރިސްޓޮފާ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ހަމަ އޭނާ އެވެ. މިރޭގެ މެޗުގައި ސިފައިންގެ ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 20 ޕޮއިންޓް ހޯދައިދިން އިބްރާހީމް ރަޝްވާން އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އަތުން ހަރިކޭން މޮޅުވީ 49 ޕޮއިންޓް 104 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަރިކޭންގެ މާކޯ ސަމޮނައިޗް އެވެ.
ނުވަވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެ އެއްވަނަ ޑިވިޝަންގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ، ކުލަބް އީގަލްސްއާއި ދަ ބައުސް އެވެ.