އަމިއްލަ ތިން ކެންޑިޑޭޓުންނާ ވާދަކޮށް މިއަދު ތ. އޮމަދޫގައި ބޭއްވި އެ ރަށު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އާއްމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓު ޖާވީދު ހަސަން އަށް ލިބުނީ 161 ވޯޓެވެ.

އަމިއްލަ ގޮތުން ވާދަކުރި ނޫހު އަލީ އަށް ލިބުނީ 85 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އިސްމާއިލް ހަމްދޫން އަށް ތިން ވޯޓު ލިބުނު އިރު މުހައްމަދު ޝާހް އަށް ލިބުނީ 52 ވޯޓެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 498 މީހުންނެވެ. އޭގެ ތެރެއިން ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 305 މީހުންނެވެ. އޭގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 301 ވޯޓެވެ. އަދި ބާތިލު ވޯޓުގެ ޖުމްލަ އަދަދަކީ ހަތަރެކެވެ.