15 Jun 2013, 12:54
މާދާމާ އިން ފެށިގެން ރިސެސް އަށް ދިޔުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ ކޯޓުގެ ކަލަންޑަރާ އެއްގޮތަށް މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމުމުން ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.