15 Jun 2013, 10:56
ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގައި އިއްޔެ، އެމްއެސް އެކަޑަމީ އަތުން 8 ވިކެޓުން މެޗު ކާމިޔާބުކޮށް މާލޭ ސްޕޯޓްސް ކްލަބް އެމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.
މުބާރާތުގެ ހަތަރު ވަނަ މެޗުގައި ޓޮސް ދިމާވުމުން އެމް އެސް އެކަޑަމީއިން ކުޅެން އަރައި 30 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ. އެހެން ނަމަވެސް ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެން އަރައި ދެ ކުޅުންތެރިން ނުބައިވީއިރު ވަނީ 130 ލަނޑު ހަދާފަ އެވެ.
އެމްއެސް އެކަޑަމީ އިން އެންމެ ރަގަޅަށް ކުޅުނީ 51 ލަނޑު ހެދި ޕްރިޔާންކައާއި 37 ލަނޑު ހެދި އިބްރާހިމް ނަޝާތު އެވެ. އަދި އެންމެ ރަނގަޅަށް އުކީ 6 އޯވަރު 13 ލަނޑަށް 3 ވިކެޓް ނެގި މުހަންމަދު މަހަފޫޒާއި، 5 އޯވަރު 29 ލަނޑަށް 3 ވިކެޓް ނެގި އާދަމް ޒަމީލް އެވެ.
މާލޭ ސްޕޯޓްސް އިން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 79 ލަނޑުހެދި ޝަފްރާޒް ޖަލީލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީވެސް ޝަފްރާޒް ޖަލީލް އެވެ.