14 Jun 2013, 17:14
ބޮޑެތި ބަސްތައް ބޭނުންކޮށްގެން ހުޅުމާލެއަށް ބަހުގެ ޚިދުމަތް ދިނުން މިއަދު ހަވީރު ތައާރަފް ކުރަން އެމްޓީސީސީން ތައްޔާރުވަމުން ދާއިރު ބަހުގެ ޚިދުމަތުގެ އަގު ބޮޑުނުކުރުމަށް ގޮވާލައި ހުޅުމާލޭގައި މުޒާހަރާ ކޮށްފި އެވެ.
މިއަދު މެންދުރު ފަހު 3:00 އެހައިކަންހާއިރުން ފެށި މުޒާހަރާ ނިންމާލާފައި ވަނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެެވެ.
ހުޅުމާލެއަށް ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީން ނިންމާފައި ވަނީ "ވޮލްވޯ" ބްރޭންޑްގެ ބޮޑެތި ބަސްތަކުން ނެވެ.
ތަފާތުއެކި ބޯޑުތައް ހިފައިގެން މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅުކޮށްފައި ވަނީ ބަހުގެ ޚިދުމަތް ތައާރަފު ކުރުމަށް ނިންމާފައިވާ ސަރަހައްދުގަ އެވެ.
މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އޭސީ ބަހުގެ ޚިދުމަތަށް ވުރެ ރައްޔިތުން ބޭނުން ވަނީ މާލޭއާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ އަވަހަށް ދަތުރު ކުރެވޭނެ ފެރީގެ ނިޒާމެއް ކަމަށެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެ އެވެ.