ޕީޕީއެމްގެ ރެޖިސްޓްރާގެ މަގާމަށް އުސާމާ މުޙައްމަދު ރަޝީދު އައްޔަން ކުރައްވައިފި އެވެ.

ޕީޕީއެމް އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ އުސާމާ އެ މަގާމަށް އައްޔަން ކުރީ އިއްޔެ ބޭއްވި އެ ޕާޓީގެ 11 ވަނަ ކައުންސިލް ބައްދަލުވުގައި ކަމަށެވެ.

އުސާމާއަކީ ކުރީގެ އުއްތަމަފަނޑިޔާރު ޝައިހު މުހައްމަދު ރަޝީދު އިބްރާހީމްގެ ބޭފުޅެލެވެ.

އުސާމާ އެ މަގާމަށް އައްޔަން ކުރެއްވުމާ ހަމަ އަށް އެ މަގާމުގައި ހުންނެވީ ޒަހާ ވަހީދެވެ. ނަމަވެސް ޕާޓީގެ ކައުންސިލުން ވަނީ އޭނާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފަހުން އައްޔަންކުރައްވައިފަ އެވެ.