13 Jun 2013, 13:06
ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އިޓަލީގެ ރޯމާގެ ކޯޗަކަށް ފްރާންސްގެ ރުޑީ ގާސިއާ ހަމަޖައްސައިފި އެވެ.
ރޯމާގެ ރައީސް ޖޭމްސް ޕަލޯޓާ ވިދާޅުވީ، ރުޑީ ގާސިއާ ރޯމާގެ ކޯޗްކަމާ އަވާލުވުމުން އުފާވާ ކަމަށާއި އޭނާ އަކީ ކުޅުންތެރިންނާއެކު މަސައްކަތް ކުރަންދަންނަ، ކުލަބަށް ކާމިޔާބު ހޯދާދެވޭނެ ވަރުގެ މޮޅު ކޯޗެއް ކަމަށެވެ.
"ރުޑީ އަކީ މޮޅު ކޯޗެއް. އަހަރެން އޭނާގެ އެ ނިންމުމަށް މަރުހަބާ ކިޔަން. އަހަރެންނަށް ޔަގީން ރުޑީއާ އެކު ރޯމާއަށް އިތުރު ކާމިޔާބީތައް ހޯދާދޭނެ ކަމަށް" ރޯމާގެ ރައީސް ޖޭމްސް ޕަލޯޓާ ވިދާޅުވި އެވެ.
ފްރާންސްގެ ލީގަށް ފާއިތުވި ފަސް ސީޒަނުގައި ކޯޗުކޮށްދިން އުމުރުން 49 އަހަރުގެ ރޫޑީއަށް ރޯމާއިން މުސާރައެއްގެ ގޮތުގައި ހުށަހަޅައިފައި ވަނީ ތިން މިލިއަން ޔޫރޯ އެވެ.
ރޯމާގެ ކޯޗް ކަމާ ހަވާލުވި ރޫޑީ ބުނީ، ރޯމާގައި ތިބި ގިނަ ކުޅުންތެރިންނަކީ އޭނާގެ ވަރަށް ގާތް އެކުވެރިން ކަމަށާއި އެކުޅުންތެރިންނާއެކު މަސައްކަތް ކުރަން ފަށޭހަ ވާނެ ކަމަށެވެ. އަދި ރޯމާގެ މެނޭޖްމަންޓުން ބަހައްޓަމުން އަންނަ ގާތް ގުޅުމާމެދު ވަރަށް ހިތް ހަމަ ޖެހޭ ކަމަށް ރޫޑީ ބުންޏެވެ.