މަރުކަޒީ ބެންކް، އެމްއެމްއޭ އިން ޗެކް ޕްރިންޓްކުރުން އޯގަސްޓް މަހުން ފެށިގެން ހުއްޓާލުމަށް ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ އެ ބޭންކް އިން މިހާރު ވިސްނުން ހުރީ ފައިސާ އަދާކުރާއިރު ޗެކާއި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި އިލެކްޓުރޯނިކް ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުން ކަމަށެވެ. އެގޮތުން ޗެކް ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތާއި ނާޖާއިޒު އަމަލުތައް ހުއްޓުވުމަށް އަންނަ އޮގަސްޓް މަހުން ފެށިގެން އެ ބޭންކްއިން ޗެކްޕުރިންޓް ކުރުން ހުއްޓާލާނެ ކަމަށެވެ.

އެ ބޭންކް އަށް އަދާކުރާ ފައިސާ އޯގަސްޓް މަހުން ފެށިގެން އަދާކުރެވޭނީ ބެންކް އެކައުންޓައް ކަމަށް ބުންޏެވެ.

"މިއޮތޯރިޓީ އިން މިގެންދަނީ މާލީ މުއާމަލާތައް ކުރުމުގައި ވީ ވަރަކުން ނަގުދު ފައިސާ އާއި، ޗެކު ބޭނުންކުރުން މަދު ކުރުމަށް މަސައްކަތް ކުރުމުންނެ،" އެމްއެމްއޭ އިން ބުންޏެވެ.

މަރުކަޒީ ބެންކް އިން ބުނީ ޗެކުން ފައިސާ އަދާކުރުމުގެ ބަދަލުގައި އިލެކްޓުރޯނިކް ވަސީލަތް ބޭނުންކޮށްގެން ފައިސާ އަދާކުރާ ނަމަ ފައިސާ ލިބުމުގެ މަރުހަލާކުރުވެ ދުވަހުން ދުވަހަށް އެކައުންޓައް ފައިސާ ޖަމާވާނެ ކަމަށެވެ.