12 Jun 2013, 21:03
އިންޑިއާ ސަރަހައްދުގައި 22 މީހުންނާއެކު ދަތުރުކުރަނިކޮށް، ރާއްޖޭގެ ކާގޯ ބޯޓެއް އަޑިއަށްދާން ފެށުމުން އެހީތެރިކަން ފޯރުކޮށްދީ އެ މީހުން ސަލާމަތްކޮށްދީފި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އެޕޯލޯއިން ދުއްވާ އެމްވީ އޭޝިއަން އެކްސްޕްރެސް ދަތުރުކޮށްފައި ދަނިކޮށް އަޑިއަށް ދާކަމުގެ މައުލޫމާތު ލިބިގެން އިންޑިޔާގެ އެމްއާރުސީސީއާ ގުޅިގެން ކުރަމުންދިޔަ މަސައްކަތުން މިހާރު އެ ބޯޓްގައި ތިބި މީހުން އިންޑިޔާގެ ކޯސްޓްގާޑަށް ދަނީ އިންޑިޔާގެ ކޮޗިންއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އެ ބޯޓު ދިޔަވެ ހާލުގައި ޖެހިފައި ވަނީ ހއ.ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 115 މޭލު ބޭރުން ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާ ހިނގިއިރު މިބޯޓްގައި 18 ދިވެހިންނާއި 4 ބިދޭސީން ތިބި ކަމަށެވެ.