12 Jun 2013, 19:33
ތިނަދޫން: މުރުޝިދު އަބްދުލްހަކީމް
ރައީސުލްޖުމްުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް މި އަތޮޅު ތިނަދޫ އަށް މިއަދު ހަވީރު ވަޑައިގަތުމުން މި ރަށު ބަޔަކު މީހުން ނިކުމެ އެމަނިކުފާނާ ދެކޮޅަށް އަޑު އުފުލުމައި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ރައީސް ވަހީދު އާއި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ މި ރަށަށް ވަޑައިގަތުމުން ރައީސް ވަހީދުގެ ޓީމާ ދެކޮޅަށް ގިނަ ބަޔަކު ނިކުމެ ވަނީ ހަަމަނުޖެހުން ހިންގައިފަ އެވެ. ރައީސް ވަހީދާ ދެކޮޅަށް ހަަމަނުޖެހުން ހިންގި ގިނަ މީހުން ތިބީ އެމްޑީޕީ ދިދަތައް ހަފައިގެންނެވެ.
ތިނަދޫ ބައެއް މީހުން ރައީސް ވަހީދުގެ އިސްތިއުފާ އަށް ގޮވުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މި އަތޮޅު ފަރެސް މާތޮނޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބަށް ވަނީ ހަމަލާދީފަވެ އެވެ. އަދި ބައެއް މީހުން ވަނީ ރައީސް ވަހީދުގެ ކޯލިޝަނުގެ ބައެއް މެންބަރުންނާ ދިމާލަށް ފެންފުޅި އާއި ދިދަ ދަނޑިފަދަތަކެތި ވެސް އުކައިފަ އެވެ.
ރައީސް ވަހީދުގެ ކޯލިޝަނުން މިރޭ މި ރަށު "އާބާދީ މަރުކަޒު"ގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވެ އެވެ.