ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭނުން ކުރާ ޗެކު ފޮތުގެ ސަލާމަތީ ފެންވަރު ވަރުގަދަކޮށްފި ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ޗެކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ޗެކު ފޮތުގައި އެންމެ މިޒަމާނުގެ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

"ޗެކުގެ ނުފުށުގައިވާ ހޮލޯގްރާމާއި ބޭންކްގެ ލޯގޯގެ ބަދަލުގައި ހަމަލޮލަށް ނުފެންނާނެ ސަލާމަތީ ގިނަ ފީޗާސްތައް ހަމަ ލޮލަށް ފެންނާކަށް ނުހުންނާނެ އެވެ." ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބީއެމްއެލް އިން ބުނީ އާ ޗެކު ފޮތް ތައާރަފު ކުރިއަސް މިހާރު ބޭނުން ކުރާ ޗެކު ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
ބީއެމްއެލް އިން ޗެކު ފޮތް ދޫކުރަނީ ފޮތަށް އެދޭތާ ފަސް ދުވަހުގެ ތެރޭގަ އެވެ.