12 Jun 2013, 17:04
ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 3:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ނުވަތަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ކަމަށް ވެސް އިލެކްޝަންސްގެ އިއުލާންގައި ވަނީ ބުނެފަ އެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ޝައުގިވެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމް ކައުންސިލް އިދާރާތަކުންނާއި އެ ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އިލެކްޝަންސްގެ އިއުލާންގައި ވަނީ ބުނެފަ އެވެ.