ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލައި މަކަރާއި ހީލަތް ހެދިކަމަށް ބުނެ އުމަރު ނަސީރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 27 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފި އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޮތީ ޕީޕީއެމްގެ ފަރާތުން ބަޔާން ހުށަހެޅުމެވެ. ޕީޕީއެމްގެ ފަރާތުން ބަޔާން ހުށަހެޅުއްވީ އެ ޕާޓީގެ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލުމަށް ފަހު ސިވިލް ކޯޓުން ވަނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ޝެޑިއުލް ކޮށްފަ އެވެ.

މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައި ނުވާ 8915 މީހުންނަށް ވޯޓުލެވޭގޮތަށް ހަޖައްސައި ފުރުސަތުދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކަމަށް އުމަރު ކުރެއްވި ދައުވާގައި ބުނެފައި ވެއެވެ.