އެސްޓީއޯ އިން މިހާރު ކުރިޔަށް ގެންދާ ރަމަޒާން ބާޒާރުގެ ރޯޑްޝޯވް ތަކެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ ހިޓާޗީ މަރުކާގެ ޕްރޮގަކްޓްތައް ތަޖުރިބާ ކޮށްލުމާށާއި، ޕްރޮޑަކްޓް ތަކާއި، ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ރޯޑުޝޯވް ތަކަކީ ތިން ދުވަހަކަށް ބަހައިލައިގެން ކުރިއަށް ގެންދާ ރޯޑްޝޯވްތަކެއް ކަމަށެވެ.

އެސްޓީއޯއިން އެ ރޯޑުޝޯވް ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހު ހަވީރު 16:30 އިން 18:00 އަށް ވިލިމާލޭ ފެރީ ޓާމިނަލްގަ އެވެ.

އެސްޓީއޯއިން ބުނީ އެ ރޯޑުޝޯވް ގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށާއި، އެ ޝޯވް ގައި ހިޓާޗީގެ ގިނަ ޕްރޮޑަކްޓް ތަކެއް ދައްކާލީ އިރު، ހިޓާޗީ ބިއުޓީ ޕްރޮޑަކްޓްތައް ޓެސްޓް ކޮށްލުމުގެ އިތުރުން ފިލިޕްސް ރައިސް ކުކާގެ ޑެމޯ ވެސް އެ ޝޯވް ގައި ދައްކާލި ކަމަށެވެ.

އެސްޓީއޯއިން ބުނީ މި އަހަރު "ރަމަޒާން ބާޒާރު" ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ހިޓާޗީ އޭސީއަށް 30 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އައިސް މަލަމާރިއަށް 33 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް، ހިޓާޗީ ދޮންނަ މެޝިނަށް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެހެނިހެން ޕްރޮޑަކްޓް ތަކަށް ވެސް އެކަށީގެންވާ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ދެން އެ ރޯޑުޝޯވް އަންނަ ހުކުރު ދުވަހު ހަވީރު ހުޅުމާލޭ ބަސް ސްޓޮޕް ނަމްބަރު ދޭއްގައި ކަމަށެވެ.

އެސްޓީއޯއިން ވިއްކާ އޮރިޖިނަލް ބްރޭންޑް ތަކުގެ ހިޓާޗީ ޕްރޮޑަކްޓްތައް އާއްމުކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯމް އޮމްޕްރޫވްމަންޓުންނާއި، ރީޖަނަލް ފިހާރަ ތަކުން ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.