11 Jun 2013, 20:06
ފިރިހެން ފުރަތަމަ ޑިވިޒަންގެ ނުވަ ވަނަ ގައުމީ ބާސްކެޓް ލީގުގުގައި މިއަދު ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރެޑްލައިން ކުލަބުން ރަނގަޅު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗް ރެޑް ލައިން ކުލަބުން ކާމިޔާބު ކުރީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 78 ޕޮއިންޓު 59 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްލައިން ކުލަބަށް މެޗުގައި 10 ޕޮއިންޓު ކާމިޔާބު ކޮށްދިން އަހުމަދު އަފްސާން ރަސީދެވެ.
މިމުބާރާތުގެ ދެ ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ކުލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބެވެ. އަދި މިމުބާރާތުގައި މާދަމާވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، މާދަމާގެ ފުރަތަމަ މެޗުގައި ހަވީރު 4:15 ގައި ބައްދަލުކުރާ ދެޓީމަކީ ދަ ބައުސް އާއި ހަރިކޭން ބީސީއެވެ. އަދި ދެ ވަނަ މެޗުގައި މާދަމާ ރޭ 8:30 ގައި ބައްދަލުކުރާނީ ޓީރެކްސް ބާސްކެޓް ބޯލްކުލަބާއި ކުލަބް އީގަލްސް އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ޖުމްލަ ހަ ޓީމެވެ. އެ ހަޓީމަކީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއި ރެޑްލައިން ކުލަބާއި ކުލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބާއި ހަރިކޭން ބީސީ އަދި ދަ ބައުސް އެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.
މުބާރާތުގެ އެންމެ ގަދަ ހަތުރު ޓީމެއް މި އަހަރުގެ ގައުމީ މުބާރާތައް ކޮލިފައިވާ އިރު، ހުސްވި އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަނުން ނަކީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ.