ކުޅުދުއްފުށިން: މުރުޝިދު އަބްދުލްހަކީމު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ހދ. ކުޅުދުއްދުއްފުއްޓަށް މިއަދު މެންދުރު ވަޑައިގެންފި އެވެ.

ރައީސް ވަހީދުގެ އަރިހުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރަނިންމޭޓަކަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ ކޯލިޝަނުގައި ހިމެނިވަޑައިގެންނަވާ ޕާޓީތަކުގެ ބައެއް އިސްވެރިން ވަނީ މި ރަށަށް ވަޑައިގެންފަ އެވެ.

ރައީސް ވަހީދުގެ ކޯލިޝަނުގެ ހާއްސަ ޖަލްސާއެއް މިރޭ މި ރަށު އަފީފުއްދީން ސުކޫލުގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން މި ރަށުގެ ޒުވާނުންނާއި އަންހެނުންގެ ކޮމެޓީގެ މެންބަރުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިކަމަށް މައުލޫމަތުލިބެ އެެވެ.

ރައީސް ވަހީދުގެ ކޯލިޝަނުން ރާއްޖޭގެ އެކި ސަރައްދުތަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ގދ. ތިނަދުއަށް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.