ޝަންގުރިއްލާ އަށް ދަތުރު ކުރި ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނިއްޖެ އެވެ.


އެމްއެންޑީއެފުގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ އަލީ ދެންމެ ވިދާޅޫވީ 18 މީހުން ދަތުރު ކުރި ދޯނިން ގެއްލުނު އިންޑިއާ މީހާ ފެނިފައި ވަނީ ދޯނީގެ ވަތުތެރޭގައި މަރުވެފައި އޮއްވައި ކަމަށެވެ.


"އޭނާ އޮތީ ބަސްތާތަކުގެ ތެރޭގައި ތާށިވެފައި. އަދި ވެސް އޭނާ ނުވެއް ނެނގޭ،" މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.


އަބްދުﷲ އަލީ ވިދާޅުވީ އޭނާ ފެނުނީ ހިލަ ބަސްތާތަކާ އެކު ކަނޑު އަޑީގައި އޮތް ދޯނި ފޭދު އަށް ގެނައުމަށް މަސައްކަތް ކުރި މީހުންނަށް ކަމަށެވެ.