11 Jun 2013, 12:46
ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަނޑައަޅާފައިވާ ޕޮލިސް ކޮމާންޑަރު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ސަސްޕެންޑުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އިދާރީ މައްސަލައަކާ ގުޅިގެން ދެކުނުގައި ހުންނަ ޕޮލިސް ކޮމާންޑަރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި އިތުރު ތަފްސީލު ދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާ އިރު ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ރިޔާޒު ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފުލުުހުން ބުނީ ރިޔާޒުގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލްސް ސްޓެންޑަޑްސް އިން ތަހުގީގުކުރަމުންދާ ކަމަށެވެ.