11 Jun 2013, 09:53
އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް މިއަދު އަމުރެއް ނެރެފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ކޭސީ ސްބޯދަނާ ޑެލްކަންދުރަ އަރާޗިގެ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ޖަވާބުދާރީ ވެވޭނެ ބޭފުޅެއް ކޯޓަށް ހާޒިރުވުމަށް މީގެ ކުރިން އިމިގްރޭޝަންގެ މައްޗަށް ނެރުނު އަމުރަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ ނުވަތަ އޭނާގެ ފަރާތުން ޖަވާބުދާރީ ވެވޭނެ ބޭފުޅަކު މިއަދު 12:00 ގެ ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފަ އެވެ.