10 Jun 2013, 19:49
ނައިފަރުން: މުރުޝިދު އަބްދުލްހަކީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހަވީރު ޅ. ނައިފަަރަށް ވަޑައިގެންފި އެވެ.
ރައީސް ވަހީދުއާ އެކު އެމަނިކުފާނުގެ ރަނިންމޭޓަށް ކަނޑައަޅުއްވާފައިވާ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީއާއި ރައީސް ވަހީދު ކޯލިޝަނުގައި ހިމެނިވައިގެންނަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވެސް ވަނީ މިރަށަށް ވަޑައިގެންފަ އެވެ.
ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާ އެކު ރައީސް ވަހީދު މި ރަށަށް ވަޑައިގެންނެވުުމުން ގިނަ އަދަދެއްގެ މީހުން ވަނީ އެމަކުފާނަށް މަރުހަބާކިޔައިފަ އެވެ.
ރައީސް ވަހީދަށް ތާއިދުކުރާ އެކި ރަށްރަށުގެ މީހުން މިއަދު މިރަށަށް އައިސްފައިވާ އިރު ރައީސް ވަހީދުގެ ކޯލިޝަނުން ބާއްވާ ޖަލްސާއެއް މިރޭ އޮންނާނެވެ.
އެމަނިކުފާނު މިކުރައްވާ ދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއިދު ހޯއްދެވުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވާ ދަތުރުތުރުުފުޅެކެވެ. އެމަނިކުފާނު މާދަމާ ހދ. ކުޅުއްދުއްފުޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.ނ