މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ މީހަކު ޑްރަގް ކޯޓުގެ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ފުރިހަމަ ކޮށްފައި ވާތީ އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލުމަށް ޑްރަގް ކޯޓުން ހުކުމް ކޮށްފި އެވެ.

ރީހެބިލިޓޭޝަން ސެންޓަރުގެ ފަރުވާ ފުރިހަމަ ކުރުމާ އެކު މުޖުތަމައުއަށް ދޫކޮށްލާފައި ވަނީ ގ. ލައިފް ހަސަން ރަޝީދު، 31 އެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް ޑްރަގް ކޯޓުން މިހާރު ވަނީ ބާތިލް ކޮށްފަ އެވެ.
އޭނާއާ އެކު މިހާތަނަށް ހަ މީހަކު ވަނީ މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކޮށްފަ އެވެ.

ފަރުވާގެ ޕްރޮގްރާމަށް ފޮނުވި މީހަކު އެ ޕްރޮގްރާމްގެ އުސޫލުތަކާއި ޚިލާފްވުމުން އެ މީހާ މިހާރު ވަނީ އަނބުރާ ޖަލަށް ފޮނުވާލައިފަ އެވެ. އެމީހާ އަކީ 78 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަންޖެހޭ މީހެކެވެ.