ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.

އާޒިމް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އާޒިމް އެމްޑީޕީއާ ގުޅިވަޑައިގަތުމާ އެކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަދަދު 34 އަރާނެ އެވެ.

އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިވަގުތަކީ ކުރިއަށް ވަޑައިގަންނަވަންވީ ވަގުތު ކަމަށާއި ޑީއާރްޕީ ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިއަދު ނިންމަވާފައިވާ ކަމަށެވެ.