ފުލުހުންނާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާ އިންޓަޕޯލްގެ ޕާސްޕޯޓް ނޫނީ ޓްރެވެލް ޑޮކިއުމަންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝަށް ދީފި އެވެ.

އެ ދެ ބޭފުޅުންނަށް އެ ލިއުން ހަވާލުކުރީ ސަން އައިލެންޑް ރިސޯޓްގައި މިއަދު އިންޓަޕޯލާއި ފުލުހުން ގުޅިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ.

ސަން އައިލެންޑްގައި އެ ރަސްމިއްޔާތު ކަވަރުކުރުމަށް ގޮސް ހުރި ސަންގެ ޖާނަލިސްޓް އަހުމަދު މުޖުތަބާ ބުނީ އެ ޓްރެވެލް ޑޮކިއުމަންޓް އެ ދެ ބޭފުޅުންނާ ހަވާލު ކުރެއްވީ އިންޓަޕޯލްގެ ސީނިއާ އޮފިޝަލެއް ކަމަށެވެ.

މިއީ ރާއްޖޭގެ ފުލުހުންނަށް މި ޕާސްޕޯޓް ލިބުނު ފުރަތަމަ ފަހަރެވެ.

އެ ޕާސްޕޯޓާ ހަވާލުވުމަށް ފަހު ރިޔާޒު ސަން އަށް ވިދާޅުވީ އެ ޑޮކިއުމަންޓަކީ ރާއްޖެ އަށާއި އޭނާ އަށް ލިބުނު ފަހުރެއް ކަމަށެވެ.

އިންޓަޕޯލްގެ ޕާސްޕޯޓަކީ، ވިސާއަކާ ނުލައި ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ދަތުރުކުރުމުގެ ލައިސަންސް ލިބޭ ޑޮކިއުމެންޓެކެވެ.