10 Jun 2013, 11:28
ކްރިކްޓް ބޯޑް އޮފް މޯލްޑިވްސް ވައިޑީޕީ ޕްރޮގްރާމްގެ ދަށުން ހިންގޭ ހަރަކާތެއްގެ ގޮތުގައި ފުވައްމުލަކުން މާލެއާ އަށް ކުޅުންތެރިއަކާއި ދެ ކޯޗުގެ ތަމްރީންތައް ފަށައިފި އެވެ.
ކުރިކެޓް ބޯޑުން ބުނީ، މިޕްރޮގްރާމްގައި އެ ކުދިންނަށް ތަމްރީން ދިނުމުގައި އިސްކޮށް އުޅެނީ މިސްޓާ ނިލަންތަ ކޫރޭ އާއި ސާފީ ސައީދު އަދި މިސްޓަ ސުޖިތު އެވެ. އަދި މިޕްރޮގްރާމް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށާއި އެކުޅުންތެރިންނަށް ކޮންމެ ދުވަހެއްގެ ހެނދުނު ސްކިލް ޓްރޭނިގް އިތުރުން މެންދުރު ފަހު ކެރިކެޓް މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގެ އިތުރުން ޅ. ހިންނަވަރާއި ލ. ކުނަހަންދޫގައި ވެސް ޔޫތް ޑެވެލޮޕްމަނަޓް ޕްރޮގްރާމް ވަނީ ފަށައިފަ އެވެ.
ޕްރޮގްރާމްގައި ފުވައްމުލަކުން ބައިވެރިވި ކުޅުންތެރިންނަކީ އިބްރާހިމް ސައުފް ހަސަން އާއި އާޒިމް މުހައްމަދު ރަފީގް އާއި އަލީ ސަލާމް އަބްދުﷲ އާއި ހަސަން ހޫދު އަހުމަދާއި ސިވާން ސަރަތު އާއި އަހުމަދު އަޖްޒަލް އާއި ސާމީ މުހައްމަދު އަދި އިބްރާހިމް ސާއިދު އެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވި ކޯޗުންނަކީ ރިޔާޒު ރަޝީދު އާއި ޝާމިލާ އަބްދުލް މަޖީދު އެވެ.
މިއީ ކްރިކެޓް ބޯޑުން އަތޮޅު ތެރޭގެ ރަށްރަށުން ކުޅުންތެރިން މާލެ ގެނެސްގެން މި ފަދަ ގޮތަކަށް ހިންގޭ ފުރަތަމަ ޕްރޮގްރާމެވެ.
ކުރިން ކުރިކެޓް ބޯޑުން ވަނީ ޒުވާން ކުޅުންތެރިންނަށް އިތުރު ތަމްރީން ހޯދައި ދިނުމަށްޓަކައި ސްރީލަންކާ އަށް އެކި ފަހަރު މަތިން ތަމްރީން ޕްރޮގުރާމްތަކުގައި ފޮނުވާފަ އެވެ. އެހެން ނަމަވެސް އަތޮޅުތަކުން ކުޅުންތެރިން މާލެ ގެނެސް ތަމްރީން ޕްރޮގްރާމް މީގެ ކުރިން ހިންގާފައި ނުވާކަމަށް ވެސް ކުރިކެޓް ބޯޑުން ބުނެފައިވެ އެވެ.