ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކުރިކެޓް ތަރައްގީ ކުރުމަށް ބޭރު ގައުމު ތަކުގެ އެހީތައް ލިބޭނެ ކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ކުރިކެޓް ބޯޑުން މިހެން ބުނީ، އޭސީސީގެ ޕްރެޒިޑެންޓް މިސްޓާ ސިރީނިވާސްގެ ދައުވަތަކަށް އޭސީސީގެ 2012 އޭޖީއެމްގައި ބައިވެރިވުމަށް ޓަކައި އެ ބޯރޑްގެ ޕްރެޒިޑެންޓް އަހުމަދު ހަސަން ދީދީއާއި ވައިސް ޕްރެޒިޑެންޓް މުހަންމަދު ފައިސަލް މިދިޔަ ހުކުރު ދުވަހު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރަށް ކުރި ދަތުރު ނިނމާލުމަށް ފަހު ރޭ މާލެ އައުމުން ނެވެ.

ކުރިކެޓްބޯޑު ޖެނެރަލް ސްކްރެޓަރީ އިމާދު އިސްމާއީލް ވިދާޅުވީ މި އޭޖީއެމްގައި ރާއްޖޭގެ އިތުރުން އޭސީސީގެ އެސޯޝިއޭޓް އަދި އެފިލިއޭޓް މެމްބަރުން ބައިވެރިކަމަށާއި އޭގެ ތެރޭގައި އަފްގާނިސްތާން، ބަހްރޭން، ބޫޓާން، ބުރޫނާއީ، ކެމްބޯރޑިއާ، ޗައިނާ، ޗައިނީސް ތައިޕޭ، އީރާން، މިއެންމާ، އޯމާން، ގަތަރު ސައުދި އެރޭބިއާ އަދި ތަޖްކިސްތާން ބައިވެރިވި ކަމަށެވެ.