ފިރިހެން ފުރަތަމަ ޑިވިޒަންގެ ނުވަ ވަނަ ގައުމީ ބާސްކެޓް ލީގް އަންނަ އަންގާރަ ދުވަހު ފެށުމަށް ބާސްކެޓްބޯލް އެސޯސިއޭޝަނުން ނިންމައިފި އެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ޖުމްލަ ހަ ޓީމް ކަމަށާއި އެގޮތުން އެ ހަޓީމަކީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއި ރެޑްލައިން ކުލަބާއި ކުލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބާއި ހަރިކޭން ބީސީ އަދި ދަ ބައުސް އެވެ.

މުބާރަތުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:15ގައި ބައްދަލުކުރާ ދެ ޓީމަކީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއި ރެޑްލައިން ކުލަބެވެ. އަދި ދެ ވަނަ މެޗުގައި އެރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބެވެ.

މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.

މުބާރާތުގެ އެންމެ ގަދަ ހަތުރު ޓީމެއް މި އަހަރުގެ ގައުމީ މުބާރާތައް ކޮލިފައިވާ އިރު، ހުސްވި އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަނުން ނަކީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ.