09 Jun 2013, 16:47
ހދ. ކުޅުދުއްފުށީގައި މިމަހުގެ 5 އިން 13އަށް ބާއްވާ 18 ވަނަ އެޓޯލް އިންޓާ ސްކޫލް އެތުލެޓިކްސް މީޓްގެ ޓެކްނިކަލް އޮފިޝަލުން ތަމްރީން ކުރުމުގެ ގޮތުން، ހދ. ކުޅުދުއްފުށީގައި ނޭޝަނަލް ލެވެލް ޓެކްނިކަލް އޮފިޝަލް ކޯހެއް އެތުލެޓިކްސް އެސޯސިއޭޝަނުން ފަށައިފި އެވެ.
ޖޫން މަހުގެ 5 އިން 13އަށް ކުރިޔަށް ދާ ކޯހުގައި ހދ. ކުޅުދުއްފުށިން 30 އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.
ކޯހުގައި ކިޔަވައި ދެއްވަނީ އައި އޭ އޭ އެފް ލެވެލް 1ގެ ދެ ޓެކްނިކަލް އޮފިޝަލުން ކަމަށްވާ އަހުމަދު އަޒީލް އާއި އަހުމަދު މުންތަގިމް އެވެ.
މި ކޯހަކީ ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓާއި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ކުރިޔަށް ގެންދާ ކޯހެކެވެ.