ޗައިނާގެ ޒިއާމަން ސިޓީގައި ބަހެއްގައި ރޯކޮށްލުމުގެ ސަބަބުން 47 މީހުން މަރުވެއްޖެ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.

މަންޒަރު ދުތް މީހުންނާ ހަވާލާދީ ބީބީސީގައި ލިޔެފައި ވަނީ ބަހުގައި އަލިފާން ރޯވިތާ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓުގެ ތެރޭގައި ބޭނުން ނުކުރެވޭ ވަރަށް އޭތި އަނދައިގެން ގޮސްފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު މަގުތަކުގައި އެންމެ ކާރޫބާރޫ ބޮޑުވި ގަޑީގައި، ޖާނުންފިދާވެގެން މީހަކު ދިން އެހަމާލާގައި މަރުވި 47 މީހުންގެ އިތުރުން 30 އަށް ވުރެ ގިނަ މީހުންނަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ޒިންހުއާއިން ބުނެފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި ޖާނުންފިދާވުމުގެ އެ ހަމަލާ ދިންމީހާ ވެސް ހިމެނެ އެވެ.

ޗައިނާގެ ފުލުހުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، ހުކުރު ދުވަހުގެ އެ ހަމަލާ ދީފައިވަނީ، އުމުރުން 60 އަހަރުގެ ޗެން ޝުއިޒަންކިޔާ މީހެއް ކަމަށާއި ޕެޓްރޯލް ބޭނުން ކޮށްގެން އެބަހުގައި އޭނާ ރޯކޮށްލާފައި ވަނީ، އޭނާ ދިރިއުޅުންމަތިން ފޫހިވެގެން އޭނާގެ ރުޅިގަނޑު ފިލުވާލުމަށް ޓަކައި ކަމަށް އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ބާއްވާފައިވާ "ސުއިސައިޑް ނޯޓް"ގައި ލިޔެފައިވާ ކަމަށެވެ.

ޗައިނާގައި މިފަހަކަށް އައިސް އެގޮތަށް ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކަށް ދެވޭ ހަމަލާތައް އިތުރު ވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވާއިރު އެގޮތަށް ދެވޭ ހަމަލާތައް އިތުރުވެފައި ވަނީ، ބައެއް މީހުންގެ ޒާތީ ކަންތައްތަކާއި އަދި ސިޔާސީ ރުޅިވެރިކަމުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޗަނާގައި 2009 ވަނަ އަހަރު ވެސް ވަނީ ބަހެއްގައި ޕެޓްރޯލް ބޭނުންކޮށްގެން އަލިފާ ރޯކޮށްލައިގެން 26 މީހަކު މަރާލާފަ އެވެ. އަދި ހަމަ އެ އަހަރު ސްޓީލް ވޯކާއެއް، ޝަޓްލްބަހަކަށް ދިން އެފަދަ ހަމަލާއެއްގައި 24 މީހުން މަރުވެފައިވެ އެވެ.