09 Jun 2013, 12:46
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހަމަޖައްސަވާފައިވާ އެމަނިކުފާނުގެ ރަނިންމޭޓް މާދަމާ އިއުލާން ކުރެއްވުމަށް ނިންމަވައިފި އެވެ.
މިއަދު އޮތް ނޫސްކޮންފަރެންސުގެ ބޭރުން ސަން އިން ރައީސަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މާދަމާ މެންދުރު ޓްރޭޑާސް ހޮޓެލްގައި ބާއްވާ ރަސްމިޔާތުގައި އެމަނިކުފާނުގެ ރަނިންމޭޓް އިއުލާން ކުރައްވާނެ ކަމަށެވެ.
ރައީސް ވަހީދުގެ ކޯލިޝަނުން މާދަމާ ރާއްޖޭގެ އެކި ސަރައްދުތަކަށް ކެމްޕެއިން ދަތުރުތައް ފެއްޓެމުމަށް ވަނީ ހަމަ ޖައްސައިފަ އެވެ. ރައީސް ވަހީދު އެ ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ އިރު އެމަނިކުފާނުގެ ރަނިންމޭޓް އިއުލާން ކުރަން ހަމަޖައްސާފައި ވަނީ އެދަތުރުތަކުގެ ކުރިންނެވެ.
ރައީސް ވަހީދުގެ ރަނިންމޭޓް އިއުލާން ކުރުމަށް ފަހު މާދަމާ އަތޮޅަތަކަށް ދަތުރުތައް ފައްޓަވާނެ ކަމަށް ސަން އަށް އެނގިފައިވެ އެވެ.
ރައީސް ވަހީދުގެ ރަނިންމޭޓަކީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.