ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ އިންޓަ ކޮލެޖް/ޔުނިވާސިޓީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ހޯދައިފި އެވެ.

ހުކުރުދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ވިލާ ކޮލެޖާ ވާދަކޮށް އެމްއެންޔޫ، މެޗު ކާމިޔާބު ކުރީ ތިން ސެޓް އެއް ސެޓުން ނެވެ. އެގޮތުން ފުރަތަމަ ސެޓް 21-25ން ކާމިޔާބު ކުރީ ވިލާ ކޮލެޖެވެ. އެހެން ނަމަވެސް އެމްއެންޔޫ ވަނީ، ފަހަތުން އަރައި ޖެހިގެންއައި ތިން ސެޓްވެސް ކާމިޔާބު ކޮށްފަ އެވެ. އެމްއެންޔޫ ސެޓްތައް ކާމިޔާބު ކޮށްފައި ވަނީ، 25-19، 25-13، އަދި ފަހު ސެޓް 25-17 އިން ނެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި މެޑެލް ބައްސަވައިދެއްވީ ގައުމީ ވޮލީބޯލް ޓީމްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއީލް ރިފާއުއާއި، އަހްމަދު އަދީލް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްއެންޔޫގެ އަހްމަދު އައުޝަން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ، އެމްއެންޔޫގެ އަޙްމަދު އައުޝަންއާއި، އަފްލާހް މުޙައްމަދުއާއި އަޙްމަދު އާދަމްއާއި، ވިލާ ކޮލެޖްގެ މުޙައްމަދު އަމްޖަދުއާއި ކްރިސްޓިއަން އެލްމާ އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ޔާސިރު ވަޙީދު އެވެ.