08 Jun 2013, 10:37
އުރުގުއާއީގެ ރައިޓް-ބެކަށް ކުޅޭ 20 އަހަރުގެ ޒުވާން ޑިފެންޑަރު ގުއިލާމޯ ވަރޭލާ، އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.
ނިމިދިޔަ ސީސަންގައި ޓްރަޔަލްއަކަށް ޔުނައިޓެޑަށް ގެނައި އުރުގުއާއީގެ އެތުލެޓިކޯ ޕެނަރޯލްއަށް ކުޅޭ ވަރޭލާ ވެގެންދާނީ ޔުނައިޓެޑްގެ އާ ކޯޗު، ޑޭވިޑް މޮއިސް ގެނައި ފުރަތަމަ ކުޅުންތެރިޔާ ކަމަށެވެ.
ވަރޭލާ ވަނީ ޕެނަރޯލްއަށް އެއްމެޗު އަދި އުރުގުއާއީގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް 20 މެޗު ކުޅެފައެވެ. އަދި ވަރޭލާއަކީ މި މަހުގެ 21ން ޖުލައި 13އަށް ތުރުކީގައި އޮންނަ 20 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ކުޅޭ އުރުގުއާއީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ޕެނަރޯލްގެ ހެޑް ކޯޗް ޖޯޖް ޑަ ސިލްވާ ބުނީ ޕެނަރޯމާ ދޫކޮށް އެހެން ކުލަބަކަށް ވަރާލޭ ބަދަލުވާ ތަން ދެކެން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ވަރާލޭއަކީ ޔުނައިޓެޑް ފަދަ ކްލަބަކަށް ކުޅެން ހައްގު ކުޅުންތެރިއެއް ކަމަށެވެ.