08 Jun 2013, 09:44
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދާއި އެމަނިކުފާނު ފަލަސްޠީނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނަށް މިކުރެއްވި ރަސްމީ ދަތުރުފުޅަކީ ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްގެ ދަޢުވަތަކަށް، އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ ހަތަރު ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ފަލަސްޠީނުން އަރުވާ އެންމެމަތީ ޝަރަފު ކަމުގައިވާ "ސްޓާ އޮފް ޕެލަސްޓައިން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދަށް، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް އެރުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާހަށް "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" އެރުވި އެވެ.