07 Jun 2013, 18:36
ކުޅުދުއްފުށީ ގެއެއްގެ ގޯތިތެރޭގައި ހުރި ދަރުގެއެއްގައި ރޯވި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ރަށު އެރޯމާގޭގައި ހުރި ދަރުގެއެއްގައި ރޯވި އަލިފާން ނިއްވާލީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ފަޔާ ސްޓޭޝަނުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ޙާދިސާގެ މަޢުލޫމާތު އެ ފަރާތަށް ލިބުނީ މިއަދު މެންދުރު ފަހު 14:50ގައި ކަމަށާއި ނޮދަން އޭރިއާގެ ފަޔަމަނުން ގޮސް އަލިވާން ނިއްވަން ކުރި މަސައްކަތުން ދަރުގޭގައި ރޯވި އަލިފާން ނިއްވާލެވުނީ 15:10ގައި ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ދަރުގޭގައި ރޯވި އަލިފާނުގެ ސަބަބުން، އެތަނުގައި ހުރި ދަރުތަކުން ބައެއް އަނދާފައިވާ ކަމަށާއި އެ ޙާދިސާގެ ސަބަބުން އެގެއާ އިންވެގެން ހުރި ކުޅުދުއްފުށި މާލެތިލަ ގޭގެ ފާރުގައި ރެނދުލައިފައިވާ ކަމަށް ވެސް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަވިސް އިން ބުންޏެވެ.