07 Jun 2013, 15:02
ކުރިއަށް 24 ގަޑިއިއރު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ވައިގަދަވޭނެ ކަމަށާއި އެހެން ކަމުން މިހާރު ޔެލޯ އެލާޓް އިއުލާން ކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ސަން އޮންލައިން އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ޔެލޯ އެލާޓް އިއުލާން ކުރަނީ ވައިގަދަވުމުގެ ސަބަބުން ދަތުރުފަތު ކުރުމަށް ރައްކާތެރިކަން ނޫން ކަން އަންގައިދިނުމުގެ ގޮތުން ކަމަށެވެ.
މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ އުތުރާއި މެދެތެރޭގެ އަތޮޅު ތަކުގައި ވަރަށް ވައިގަދަ ކަމަށެވެ. އެގޮތުން އުތުރާއި ދެކުނުގެ އަތޮޅު ތަކުގައި ކުރިއަށް އޮތް 24 ގަޑިއިރު 17 މޭލާއި 24 މޭލާދެ މެދު މިނުގެ ބާރުމިނެއްގައި ވައިގަދަ ވާނެ ކަމަށެވެ. އަދި މިއަދު މެންދުރު 12 އާއި އިރު އޮއްސި ހަޔަކާއި ދޭތެރޭ 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިގަދާ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ ހުރިހައި ހިސާބެއްގައި ވެސް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ހުރި ގޮތަށް ބަލާއިރު ކަނޑު ދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިއުތިމާސް ކުރެއްވި އެވެ.