06 Jun 2013, 18:01
އެންމެ މަގުބޫލް ދެ ސޯޝަލް ނެޓް ވޯކް ކަމަށްވާ ފޭސްބުކް އާއި ޓުވިޓާ ހިލޭ ބޭނުންކުރެވޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ.
"ޕުރިޕެއިޑް ރެޑް"ގެ ނަމުގައި ދިރާގުން މިއަދު ސީ ހައުސްގައި ތައާރްފުކުރި ޕެކޭޖާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ އެޕެކޭޖު ބޭނުންވާ ފަރާތްތަކަށް ހާއްސަ ސިމް އެއް ޕްރިޕެއިޑް ރެޑްގެ ނަމުގައި 30ރ. އަށް ވިއްކަމުންދާ އިރު މިހާރު ޕުރިޕެއިޑް ސިމްތައް ބޭނުން ކުރާ ފަރާތްތަކަށް އެޕެކޭޖަށް ބަދަލުކުރުމަށް ބޭނުންވާ ނަމަ ދިރާގަށް ކަސްޓަމާ ސާވިސް ފިހާރަތަކުން އިތުރު އަގަކާ ނުލައި ބަދަލުކޮށްދޭނެ ކަމަށެވެ.
ދިރާގުގެ މާކެޓިން ކޯޑިނޭޓާ ހަސަން ޝާރިހު އާދަމް ވިދާޅުވީ އެޕެކޭޖުން އިތުރު ހިދުމަތްތައް ވެސް އަގު ހެޔޮކޮށް ލިބިގެންދާނެ ކަމަށާއި އެގޮތުން ދިރާގުގެ ނަމްބަރުތަކަށް އެއް ލާރިއަށް މެސެޖް ކުރުމުގެ ހިދުމަތާއި އިންޓަނެޓް ބޭނުންކުރެއްވުމަށް ކޮންމެ އެމްބީ އެއް 30 ލާރިއަށް ލިބޭ އިރު ބޭނުންވާ އެއް ނަމްބަރަށް 49 ލާރިއަށް ގުޅާލުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
އެޕެކޭޖުގައި އަގުހެޔޮކޮށް ލިބޭ ހިދުމަތްތައް ބޭނުންވާ ނަމަ އެޕެކޭޖަށް ބަދަލުކުރުމަށް ފަހު ކޮންމެ ދުވަހަކު ވެސް red ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް އެއް ކުރުމަށެވެ.