06 Jun 2013, 14:18
އދ. ފެންފުށީ ސްޓެލްކޯ އިންޖީނުގޭގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ އދ. ފެންފުށީ، ސްވީޓްފްލާވާ އަޝްހަދު ހާލިދު (24އ) ގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ އދ. ފެންފުށީ އިންޖީނުގޭގެ ވަޒީފާގައި އުޅެމުން އެތަނުގެ 279164.96 ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއްގެ ތުހުމަތުގަ އެވެ.
މި މައްސަލާގައި އެމީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2013 މެއި 28 ގަ އެވެ.