06 Jun 2013, 12:21
އިއްޔެއިން ފެށިގެން މާލެ ކައިރިން 14000 ވުރެ ގިނަ ބިޔަރު ދަޅު ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެ މެންދުރުން ފެށިގެން ކަނޑުމަތިން ފެނުނު ބިޔަރު ދަޅުތައް ނެގުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 14،548 ބިޔަރު ދަޅު ނަގާފައިވަ ކަމަށާއި އަދިވެސް އެ މައްސަކަތް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ބިޔަރު ދަޅުތައް ކަނޑަށް ބޭރުވީ ބޯޓަކުން ކަމެއް ނުވަތަ ދޯންޏަކުން ކަމެއް އަދި ނޭނގޭ ކަމަށާއި "ދަޅުތައް މައްޗަށް އަރަނީ ކަނޑު އަޑިން" ކަމަށެވެ. ބެލެވޭ ގޮތުގައި ބިޔަރު ދަޅުތަކުގެ ކޮންޓެއިނާއެއް ކަނޑަށް ފައްތާލާފައި ވަނީ ކަމަށް ވެދާނެ އެވެ.
ފުލުހުން ބުނީ ބިޔަރުދަޅުތައް ހޮވުމަށް މާލެ ވަށައިގެންވާ ހިސާބު ފުލުހުން ބަލަމުންދާ ކަމަށެވެ.
ބިޔަރު ދަޅުތަކެއް ކަނޑަށް އުކާލީ ނޫނީ ކަނޑަށް ބަންޑުންވީ ކޮންބައެއްގެ އަތުންކަމެއް ފުލުހުންނަށް އަދި ހޯދިފައެއްނުވެ އެވެ. މުއްދަތު ހަމަނުވާ ބިޔަރު ދަޅުތައް ކަނޑަށް ބޭރުވެ، މައްސަލާގައި އިހްމާލްވާ ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.