30 Oct 2010, 08:30
ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުމަށް މިއަދު ބާއްވަން އުޅުނު ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފި އެވެ.
އެކަން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ އެ ކޮމިޝަންގެ ވެބްސައިޓްގަ އެވެ.
ޖޫޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ އިން ބޭރުގައި ކަމަށެވެ. ނަމަވެސް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންތާކު ކަމެއް އެ ކޮމިޝަނުން ނިންމާފައެއް ނުވެ އެވެ. ނަމަވެސް މާލެ އިން ބޭރުގައި ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އެންމެން އެއްތަނެއްގައި ތިބެގެން މަސައްކަތްތައް ނިންމާލުމަށް ފަސޭހަވާނޭތީ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އޮފީހުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ ހިންގާ ގަވާއިދު ފާސްނުކުރެވި، ގިނަ ދުވަސްތަކެއް ފާއިތުވުމާ އެކު މަސައްކަތްތަކަށް ބުރޫ އަރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.