05 Jun 2013, 19:07
މާލޭ ހުޅަނގު ފަރާތު ކަނޑުން ގިނަ އަދަދެއްގެ ބިއަރު ދަޅުތަކެއް ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އެ ބިޔަރު ދަޅުތަކަކީ ކޮންމެވެސް ކޮންޓޭނާއެއް ފަދަ އެއްޗަކުން ބަޔަކު ގަސްދުގައި ކަނޑަށް އަޅާލާފައިވާ ނޫނީ އުޅަނޑެއް ބަންޑުންވެގެން ކަނޑަށް އެޅިފައިވާ ބިޔަރު ދަޅުތަކެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި ވެސް އެތަކެތި ނަގައި ނުނިމޭ ކަމަށާއި މިހާރު ވެސް އެ ދަޅުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެތަކެތި ކަނޑަށް އުކާލީ ނޫނީ ކަނޑަށް ބަންޑުންވީ ކޮންބައެއްގެ އަތުންވި ކަމެއްކަން ފުލުހުންނަށް ހޯދިފައި ނުވާ ކަމަށާއި ނަމަވެސް އެއީ ކޮން ބަޔަކު ކުރި ކަމެއްތޯ ނޫނީ ކޮން ބައެއްގެ ފަރާތުން ހިނގި ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އެ ބިޔަރު ދަޅުތަކަކީ ކަސްޓަމްސް ސަރަޙައްދުގައި ދޯންޏެއް އަރި އަޅާލައިގެން ކަނޑަށް ބޭރުވެފައިވާ ބިޔަރު ދަޅުތަކެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރެއްހާ އިރު ކަމަށެވެ.