ފަސް ރަށެއްގެ ބަނދަރު ހަދައި ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފި އެވެ.


ޓްރާންސްޕޯޓް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނީ ޑެންމާކްގެ، އެމްޓީ ހޯގާޑުން މަސައްކަތް ނިންމައި ސަރުކާރާ ބަނދަރުތައް ހަވާލުކުރި ރަށްރަށަކީ ލ. އިސްދު އާއި އިސްދޫ ކަލައިދު އާއި ގއ. ދާންދު އާއި ށ. ފުނަދު އާއި ތ. ދިޔަމިގިލި ކަމަށެވެ.  އެ މިނިސްޓްރީން ބުނި ގޮތުގައި އެ ފަސް ރަށުގެ ބަނދަރު ހެދުމަށް 236 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.


ޖަޕާންގެ ޝިން ނިޕޯން އެއާ ޓެކްނޮލަޖީސް އާ ހަވާލުކޮށްގެން ނަރުދަމާގެ މަސައްކަތް ނިންމާފައިވާ ތިން ރަށަކީ، ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، ށ. ފުނަދު އާއި ބ. އޭދަފުށްޓާއި އަދި މ. މުއްޔެވެ. އެ ތިން ރަށުގެ ނަރުދަމާގެ މަސައްކަތަށް 60 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.


ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ތިން ރަށުގެ ނަރުދަމާ ގާއިމުކޮށްފައި ވަނީ ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)ގެ ލޯން އެހީގެ ދަށުން ކަމަށެވެ.