05 Jun 2013, 16:24
ރީފްސައިޑުގެ ފިހާރަތަކުން ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.
ރީފްސައިޑުގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން ތަފާތު ވައްތަރުގެ އަގުބޮޑު ހަދިޔާތަކާއި އަދި ލަކީ ޑްރޯއެއްގައި ބައިވެރިވެގެން ނަސީބުވެރި ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ހުށަހަޅާފައިވާ އެ ޕްރޮމޯޝަންތަކުގެ ތެރޭގައި"ސޮނީ ރަމަޟާން ޕްރޮމޯޝަން"، "ސޮނީ ދަ އެމޭޒިން އެކްސްޕީރިއާ ސްމާޓްފޯން ޕްރޮމޯޝަން"، "ޕްލޭ ސްޓޭޝަން ލެޓްސް ޕްލޭ ޕްރޮމޯޝަން"، "އެޕަލް އައިޕެޑް ސްލައިސް ޕްރޮމޯޝަން"، އަދި "ޓައިޓަން ޕާފިއުމް ޕްރޮމޯޝަން" ހިމެނެ އެވެ.
ރީފްސައިޑް އިލެކްޓްރޯނިކްސް އަދި ރީފްސައިޑް ސޮނީ ސެންޓަރުގައި ޖޫން 1 އިން އޯގަސްޓް 31ގެ ނިޔަލަށް ކުރިއަށް ގެންދާ "ސްނީ ރަމަޟާން ޕްރޮމޯޝަން"ގެ ގައި ބައިވެރިވެގެން ނަސީބުވެރިއަކަށް ހޮވޭ ތިންފަރާތުން ކުރެ އެއްވަނަ އަށް އަންނަ ފަރާތަކަށް 60 އިންޗީގެ ބްރާވިއާ ތްރީޑީ އިންޓަނެޓް އެލްއީޑީ ޓީވީއެއް، ދެވަނަ އިނާމަކަށް ސޮނީ ތްރީޑީ ހޭންޑީކެމް ވީޑިއޯ ކެމެރާއެއް އަދި ތިންވަނަ އިނާމަކަށް އެކްސްޕީރިއާ ސްމާޓް ފޯނެއް ލިބޭނެ އެވެ.
ޖޫން 1 އިން 31 އޯގަސްޓް ގެ ނިޔަލަށް ރީފްސައިޑް ސޮނީ ސެންޓަރާއި ރީފަސްއިޑް އިލެކްޓްރޯނިކްސްއިން ކުރިއަށް ގެންދާ "ސޮނީ ދަ އެމޭޒިން އެކްސްޕީރިއާ ސްމާޓްފޯން ޕްރޮމޯޝަން"ގައި ބައިވެރިވެ ނަސީބުވެރިއަކަށް ހޮވޭ ފަރާތްތަކަށް އެއްވަނަ އިނާމަކަށް ސޮނީ ޕާސަނަލް ތްރީޑީ ވީއުވާއެއް، ދެވަނަ އިނާމަކަށް ސައިބާ ޝޮޓް ކެމެރާއެއް އަދި ތިންވަނަ އިނާމަކަށް 24 އިންޗީގެ ބްރާވިއާ އެލްއީޑީ ޓީވީއެއް ލިބޭނެ އެވެ.
ރީފްސައިޑް އިލެކްޓްރޯނިކްސް އަދި ރީފްސައިޑް ސޮނީ ސެންޓަރުގައި ޖޫން 1 އިން ޖުލައި 1 އަށް ކުރިއަށް ގެންދާ "ޕްލޭ ސްޓޭޝަން ލެޓްސް ޕްލޭ ޕްރޮމޯޝަން"ގައި ބައިވެރިވެގެން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އެއްވަނަ އިނާމަކަށް 40 އިންޗީގެ ފުލް އެޗްޑީ އެލްއީޑީ ޓީވީއެއް، ދެވަނަ އިނާމަކަށް އަދި ދެވަނަ އިނާމަކަށް އައިޕެޑް މިނީ އެއް ލިބޭނެ އެވެ.
ރީފްސައިޑް އިމޭޖިން، ރީފްސައިޑް ލައިފް ސްޓައިލް އަދި ރީފްސައިޑް އިލެކްޓްރޯނިކްސްގައި ޖޫން 1 އިން ޖުލައި 1 އަށް ކުރިއަށް ގެންދާ "އެޕަލް އައިޕެޑް ސްލައިސް ޕްރޮމޯޝަން"ގައި ބައިވެރިވެ ގުރުއަތުން ހޮވޭ ނަސީބުވެރިންގެ ތެރެއިން އެއްވަނަ އިނާމަކަށް ބޯސް ސައުންޑް ޑޮކް ޕޯޓަބަލް މޯބައިލް ސްޕީކަރެއް، ދެވަނަ އިނާމަކަށް ނިކޯން ކޫލް ޕިކްސް އެސް ޒީރޯވަން ކެމެރާއެއް ލިބޭނެ އެވެ.
އަދި ރީފްސައިޑް އިމްޕްރެޝަންއާއި ރީފްސައިޑް ލައިފްސްޓައިލްގައި ކުރިއަށް ގެންދާ "ޓައިޓަން ޕާފިއުމް ޕްރޮމޯޝަން"ގައި ޓައިޓަން ގަޑި ވަރަށް ހާއްސަ އަގުތަކެއްގައި ލިބޭނެ އެވެ. އަދި 1100 ރުފިޔާއިން މަތީގެ ކޮންމެ ޓައިޓަން ގަޑިއަކާ އެކު ވަސްމީރު ސެންޓު ފުޅިއެއް ހިލޭ ލިބޭނޭ ކަމަށް ރީފްސައިޑުން ބުންޏެވެ.