05 Jun 2013, 13:11
އަންނަ މަހު ބަނގްލަދޭޝްގައި ބާއްވާ ފީބާ އޭޝިޔާ މުބާރާތުގެ 16 އަހަރުން ދަށުގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރުމަށް ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ކޮލިފިކޭޝަން ބުރު އޮތީ ބަނގްލަދޭސްގެ ވެރިރަށް ޑާކާގައި އަންނަ މަހުގެ ތިނަކުން ފަހަކަށެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ އޮފިސަލަކު ވިދާޅުވީ، މުބާރާތުގައި ވާދަކުރުމުގެ ގޮތުން އެސޯސިއޭޝަނުން މިހާރު މަސައްކަތް ފަށާފައި ވަނީ މުބާރާތައް ފިރިހެން ޓީމެއް ނެގުމުގެ މަސައްކަތް ކަމަށާއި އެގޮތުން ފައިނަލް ޓީމް މާދަމާ އިއުލާން ކުރާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ކޮލިފިކޭޝަން ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ގައުމަކަށް ސެޕްޓެމްބަރު މަހު އިރާންގެ ވެރިރަށް ތެހެރާންގައި އޮންނަ ތިން ވަނަ ފީބާ އޭޝިއާ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.