މާލޭ ލޯކަލް މާރުކެޓް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 75 ބިދޭސީއަކު ހޯދައި އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ 75 ބިދޭސީ މީހަކު ހޯދާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ލޯކަލް މާރުކޭޓް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީން ހޯދައި އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ޤަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ ބިނދޭސީންތަކެއް ހޯދައި އިމިގްރޭޝަނާއި ހަވާލުކޮށްފަ އެވެ.

މިދިޔަ މަހު ކުރީ ކޮޅު ވަނީ ގެއެއްގެ ކޮޓަރިއެއްތެރޭގައި ފިތިބާރުވެގެން ނިދަން ތިބި 108 ބިދޭސީއަކު ވެސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ހިއުމަން ޓްރެފިކިން އިންޑެކްސްގައި ރާއްޖެ މިހާ މައްޗަށް ދާން ޖެހުނީ ބިދޭސީންގެ މައްސަލަތަކުގައި ޒިންމާވާން ޖެހޭ ދިވެހީން ހޯދައި އެ މީހުންނާ މެދު ފިޔަވަޅު އަޅާފައި ނުވާތީ ކަމަށާއި އެހެން ކަމުން ގާނޫނީ އިމުގެ ތެރެއިން އެފަދަ މީހުންނާ މެދު އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.