އެމްޑީޕީގެ ރައީސް ކަމާއި ނާއިބު ރައީސް ކަމުގެ މަގާމު އުވާލަން ހުށަހެޅި އިސްލާހު ކޮންގްރެސްގައި ފާހެއް ނުވި އެވެ.


ޖުމްލަ 12 އިސްލާހެއް ކޮންގަރެސްގައި އަސާސީ ގަވާއިދަށް ގެނައުމަށް ހުށަހެޅި އެވެ. އެ އިސްލާހުތައް ގެނައުމަށް މިއަދު  ވޯޓު ނެގުމުން ފާސްވީ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާ ނުލުމަށެވެ. އެ ދެ މަގާމު އުވާލުމަށް ހުށަހެޅި އިސްލާހަށް ލިބުނީ 457 ވޯޓެވެ.


މީގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނެތް ދާއިރާއަކުން އެ ޕާޓީ އަށް މެމްބަރަކު ލިބިއްޖެނަމަ އެ ދާއިރާއެއްގެ އިންތިހާބު ކޮށްފައިވާ ރައީސް މަގާމުން ވަކިވާ ގޮތަށް ހުށަހެޅި އިސްލާހާއި ގައުމީ ހިންގާ ކޮމިޓީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށާއި އެ ކޮމިޓީ ބާރުވެރިކުރުމަށް ހުށަހެޅި ދެ އިސްލާހު ވެސް ފާހެއް ނުވެއެވެ.