05 Jun 2013, 09:19
ރެއިންބޯ ރޯދަ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބު ވެރިޔަކަށް ހޮވުނު ފަރާތަށް ހުށަހެޅި ޕެނަސޮނިކް ބްރޭންޑްގެ އައިސް އަލަމާރި އޭގެ ވެރިފަރާތަށް ރޭ ހަވާލު ކޮށްފި އެވެ.
ރެއިންބޯ އެންޓަޕްރައިސަސްއިން ހިންގާ ރެއިންބޯ ލިވިން މޯލްގައި ރޭ ބޭއްވި ހަފްލާއެއްގައި އެ އިނާމުގެ ނަސީބުވެރިއަކަށް ހޮވުނު އަމީނާ ޔޫސުފަށް އެ އިނާމު ހަވާލުކޮށް ދެއްވީ ރެއިންބޯ އެންޓަޕްރައިސަސްގެ ޑައިރެކްޓަރު އާއިޝަތު ސަމީނާ އެވެ.
"ރެއިންބޯ ރޯދަ ޕްރޮމޯޝަން 2013"ގެ ދެވަނަ ހަފްތާގެ ނަސީބު ވެރިޔަކަށް ހޮވޭ ފަރާތުގެ ގުރުއަތު ނެގުން ވެސް ރޭ އޮތެވެ. އެގޮތުން ދެވަނަ ހަފްތާގެ އިނާމަކަށް ހުށަހެޅި އަސުސް ބްރޭންޑުގެ އައި3 ލެޕްޓޮޕް ލިބޭ ނަސީބުވެރިއަކަށް ގުރުއަތުން ހޮވުނީ، މުސްތަފާ ކިޔާ މީހެކެވެ. އަދި އޭނާގެ ކޫޕަން ނަންބަރަކީ: 103068 އެވެ.
ރެއިންބޯއިން ބުނީ ގުރުއަތުން ހޮވޭ ފަރާތްތަކާ ބެހޭ މައުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ފިހާރަތަކާއި އަދި އެތަނުގެ މައި އޮފީހަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނޭ ކަމަށެވެ. އަދި ތިންވަނަ ހަފްތާގެ ނަސީބު ވެރިއަކަށް ހޮވޭ ފަރާތަށް ހުށަހެޅިފައިވާ 32 އިންޗީގެ އެލްއީޑީ ޓީވީ ލިބޭ ފަރާތުގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭގައި ކަމަށެވެ.
އަށް ހަފްތާއަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއެއްގައި ދޭ އިނާމްތަކުގެ ތެރޭގައި އައިސް އަލަމާރިއަކާއި ލެޕްޓޮޕަކާއި އަދި އެލްއީޑީ ޓީވީގެ އިތުރުން އެއާކޮންޑިޝަންއަކާއި އައިޕެޑް2 އަކާއި، ޓޮޕްލޯޑިން އޮޓޮމެޓިކް ދޮންނަ މެޝިނަކާއި، އައިފޯން4 އަދި ގެލެކްސީ ނޯޓެއް ހިމެނެ އެވެ.
"ރެއިންބޯ ރޯދަ ޕްރޮމޯޝަން 2013"ގައި ބައިވެރި ވުމަށްޓަކައި ރެއިންބޯ ޝޮޕް، ރެއިންބޯ ލިވިން މޯލް، ރެއިންބޯ ބިލްޑްވެއާ އަދި ރެއިންބޯ އޮފީސް ފިހާރައިން ކުރައްވާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.