04 Jun 2013, 13:13
ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ދަމާސް ފާރުނީޗަރާއި، ދަމާސް އެޓޯލްސް ފަރުނީޗަރު ފިހާރައިގައި "ވާއު ސޭލް"ގެ ނަމުގައި 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ސޭލް އެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.
"ވާއު ސޭލް" އިން ޑިސްކައުންޓް ލިބޭ ފަރުނީޗަރުގެ ބާވަތްތަކުގެ ތެރޭގައި ސޯފާ ސެޓް، ބެޑްރޫމް ސެޓް، ބަދިގޭ ކަބަޑު ސެޓް އަދި ޑައިނިން ޓޭބަލް ސެޓް ފަދަ ތަކެތި ހިމެނެ އެވެ.
ދަމާސްއިން ބުނީ، މިމަހުގެ 20ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ސޭލްއިން މުދާ ގަންނަ ހުރިހާ ފަރާތްތަކަށް ބައިވެރި ވެވޭ ގޮތަށް، އަގު ބޮޑު އިނާމުތަކެއް ލިބޭ ލަކީ ޑްރޯއެއް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމު ތަކުގެ ތެރޭގައި ރީފްސައިޑުން ހަދިޔާ ކުރާ ސޮނީ އެކްސްޕީރިއާ ޒެޑް ފޯނަކާއި، ފުވައްމުލަކުގައި ތިންދުވަހު ހުރުމާއެކު ދެކޮޅު ޓިކެޓް، އަދި ކޮލަމްބޯއަށް ދެމީހެއްގެ ދެކޮޅު ޓިކެޓް ހިމެނެ އެވެ.
ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން ދަމާސް ފަރުނީޗަރުގެ ފަރާތުން ބާއްވާ އެ ސޭލްއިން މުދާ ގަންނަ ފަރާތް ތަކަށް މާލޭގެ ހުރިހާ ސަރަހައްދަކަށް ހިލޭ ގެންގޮސް ދިނުމާއި، އަދި އަތޮޅުތަކަށް ގެންދާ މުދާ، ދޯނިފަހަރަށް ހިލޭ ގެންގޮސް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ދަމާސްއިން ބުންޏެވެ.